ތެލަސީމިއާ ދުވަސް ހަނދާކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ތެލެސީމީ ދުވަހުގެ މުނާސަބާގައި އެކްސްގައި ހިއްކާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ކޮންމެ އަހަރަކުވެސް ފާހަގަކުރާ ތެލެސީމިއާ ދުވަސް ހަނދާކޮށްދީ ދަސްކޮށްދެނީ އިންސާނީއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ކަމަށާއ ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށްވެސް އެހީތެރިކަމާއި އެއްބާރުލުންދޭންޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ބަދަހި ގައުމެއް ބިނާކުރުމަށް ތެލެސީމިއާ ދުވަސް މިކަންކަން ހަނދުމަކޮށްދޭ ކަމަށެވެ.
ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީ ކޮންމެ ރައްޔިތެއްގެވެސް އާއިލީ މެންބަރެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް ރައިސް ވިދާޅުވިއެވެ
މީގެ އިތުރުން ރައީސް ވިދާޅުވީ، އެއާއިލާތަކަށް ބޭނުންވާ ސިއްހީ އަދި އިޖްތިމާއީ ރައްކާތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް އަދި މަސްއޫލިއްޔަތެއް ކަމަށެވެ.
ތެލެސީމީ ދުވަސް ކޮންމެ އަހަރެއްގެ މޭ މަހުގެ 8 ވަނަ ދުވަހު ފާހަގަކުރެއެވެ.