މެރިކަލްޗާ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް މާލީ އެހީ ދިނުމަށް "މެރިކަލްޗާ ސްކީމް'ގެ ނަމުގައި ފެށި ސްކީމުގެ ދަށުން 480،000ރ ގެ ލޯނު ދޫކޮށްފިއެވެ.
މި ސްކީމް މެދުވެރިކޮށް ޖުމްލަ 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، 80،000 ރުފިޔާއާއި 640،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެސިލިޓީ އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ގިނަވެގެން 6 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
އެސްއެމްއީ ޖިޑިޖިޓަލްއިން ބުނީ މިހާތަނަށް 480،000ރ ގެ ލޯނު ދޫކޮށްފައިވާ ކަމަށާއި އިތުރު ބައެއް ފަރާތްތަކުގެ އެޕްލިކޭޝަންތައްވެސް ރިވިއުކުރަމުން އަންނަ ކަމަށެވެ.
ސަރުކާރުން ވަނީ، ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރަން 5 ސަރަޙައްދެއް ކަނޑައަޅާފައެވެ. އެ 5 ސަރަހައްދަކީ ބޮޑު ތިލަދުންމައްޗާއި، ރ.އަތޮޅާއި، މ.އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެއިތުރުން މިކަމަށް ވަނީ، މަނިޔަފުއްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް ކަނޑައަޅާފައެވެ.