ކޯޓު އަމުރާ ހިލާފުވުމުން ޝަހުޒާން ކޯޓަށް ހާޒިރުކުރަނީ

Screenshot 2026-05-11 at 11.47.20

"އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން ކޯޓު އަމުރާ ހިލާފުވެ ކަމަށް ބެލެވޭތީ، އެ މައްސަލައިގައި ޖަވާބުދާރީވުމަށް މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގަައިފިއެވެ.

ޝަހްޒާން ކޯޓު އަމުރާ ހިލާފުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ޝަހްޒާން ވަނީ "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ސުވާލުކުރުމުން ވަނީ ރައީސް އޮފީހުގެ ޕްރެސް ރޫމުން އޭނާ ބޭރުކޮށްފައެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގައި ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށާއި އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް އަމުރުކޮށްފައެވެ.

ނަމަވެސް މިއަދު އެ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ވާހަކަދައްފާއިވާއިރު، ކޯޓަށް ހާޒިރުވުމަށް އަންގައި ޝަހްޒާނަށް ފޮނުވި އަމުރުގައި  ވަނީ އެ ކޯޓުން ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު ނެރެފައި ވަނިކޮށް، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހްޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ، އެ އަމުރާއި ހިލާފު ވާހަަކަތަކެއް ކަމަށް ބެލެވޭ ކަމަށެވެ.

އޭގެން ކަމެއް ކުރުމަކީ ކޯޓުގެ ހުރުމަތް ކެންޑުން ކަމަށް ކޯޓުގެ އަމުރުގައިވެއެވެ.

އެހެންކަމުން ކޯޓުގެ ހުރުމަތް ކަނޑާފައިވާކަން ބެލުމަށްޓަކައި މާދަމާ 13:00 އަށް އެ ކޯޓަށް ހާޒިރުވުމަށް އޭނާއަށް ވަނީ އަަންގާފައެވެ.

ކޯޓުގެ ހުރުމަތް ކެނޑުމަކީ ތިން މަހުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ