ދައުލަތަށް ލިބުނު އާމްދަނީ، ލަފާކުރި އާމްދަނީއަށްވުރެ 16 ޕަސަންޓު އިތުރު

Screenshot 2026-05-12 at 14.18.14

މިދިޔަ މަހު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއާ އަޅާބަލާއިރު، މަސް ނިމުނުއިރު ލިބުނު އާމްދަނީގެ 16 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު، ދައުލަތަށް ޑޮލަރު އާމްދަނީ ހިމެނޭހެން ޖުމްލަ2.63 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އޭގެ ތެރެއިން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 120.70 މިލިއަން ޑޮލަރެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 0.3 އިންސައްތަ ދަށް އަދަދެކެވެ. ނަމަވެސް މި އާމްދަނީއަކީ ލަފާކުރި އާމްދަނީއާ އަޅާބަލާއިރު 16 އިންސައްތައިގެ އިތުރުވުމެކެވެ.

މީރާއަށް ނުލިބި ހުރި ފައިސާގެ ތެރެއިން މިދިޔަ މަހު 543 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ. އަދި ޑިއު ކްލިއަރެންސްގެ ތެރެއިން 96 މިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާއިން ބުންޏެވެ.

ހަމައެއާއެކު އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ފަރާތްތަކުން ދެއްކި 64 މިލިއަން ރުފިޔާއާއި، ފޯނު އަދި އީމެއިލް މެދުވެރިކޮށް ހޯދި ފަސް މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ފިޔަވަޅު އަޅައިގެން ހޯދި ހަތަރު މިލިއަން ރުފިޔާ ވެސް ވަނީ ހޯދައިފައެވެ.

ދައުލަތަށް ލިބޭ އާމްދަނީ ކުރިއާ އަޅާ ބަލާއިރު ދަށްވާނެ ކަމަށް މީރާއިން ލަފާކުރި އެންމެ ބޮޑު ސަބަބަކީ މިހާރު މެދު އިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ހެދި ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ