ޒާހިދު އިސްތިއުފާ ދެއްވުމުން، އީސީގެ މެންބަރުކަމަށް ހުޅުވާލައިފި

Screenshot 2026-05-12 at 15.21.09

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު އިސްތިއުފާދެއްވުމާ ގުޅިގެން އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.

ޒާހިދު މަގާމުން އިސްތިއުފާ ދެއްވީ މިމަހުގެ އެއްވަނަ ދުވަހެވެ.

ރައީސް އޮފީހުން މިއަދު ބުނީ އީސީގެ މެންބަރުކަމަށް ކުރިމަތިލާން މިއަދުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ މެންދުރު12 ޖެހުމާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށުގެ ރެކޯޑު ފޯމު ދޫކުރުމާއި، އިގުރާރު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަނދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު އަށްގަޑި ބައިން ބާރަ ގަޑި ސުންމިނެޓަށް ރައީސް އޮފީހުންނެވެ.

އީސީގެ މެންބަރުކަމަށް އައްޔަނުކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ