އަޟްހާ ޢީދު ބަންދާ ގުޅިގެން މި މެއި މަހުގެ 24 ވާ އާދިއްތަ ދުވަހާއި 25 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނީ މި ހިނގާ މެއި މަހުގެ 24 ވާ އާދިއްތަ ދުވަހާއި 25 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.
އެގޮތަށް ހަމަޖެއްސެވީ، އަޟްހާ ޢީދު ބަންދާ ގުޅިގެން އާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށާއި، މެދުނުކެނޑޭ ގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ރައީސް ވިދާޅުވި ކަމަށް އެ އޮފީހުން ބުންޏެވެ.
އަދި ޢީދު ބަންދަށްފަހު ސަރުކާރު އޮފީސްތައް ހުޅުވޭނީ މިހާރު ވެސް ކަލަންޑަރުގައިވާ ގޮތުގެ މަތިން މެއި 31 ވާ އާދިއްތަ ދުވަހު ކަމަށް އެ އޮފީހުން ބުންޏެވެ.