އެއާޕޯޓް ލައިޓް ކައިރީގައި ހިނގި އެކްސިޑެންޓްގައި މީހަކު ނިޔާވެއްޖެ

l_2020_02_16_092057_8dru1ywlxj3sf5kvqgp4t7mei6a92bzhnco_EN_

ހަލިމަގުގެ، ހުޅުމާލެއިން މާލެ އަށް ދަތުރުކުރާ ފަޅީގެ އެއާޕޯޓް ލައިޓް ކައިރީގައި ހިނގި އެކްސިޑެންޓްގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، އެއާޕޯޓު ލައިޓް ކައިރީ އެކްސިޑެންޓެއް ހިނގުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 22:12 އެހައިކަންހާއިރެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެންނެވެ،.

މި އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ