މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ހުށަހަޅައިފި

Screenshot 2026-05-13 at 13.34.09

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް، އެ މަގާމުން ވަކިކުރަން މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީން ސޮއި ހަމަކުރުމަށް ފަހު މިއަދު ހުށަހަޅައިފިއެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ނާޒިމް ވަކިކުރަން ނިންމީ އިއްޔެއެވެ.

ނާޒިމަށް އޮތް އިތުބާރު ކުއްލިއަކަށް ގެއްލުނު ސީދާ ސަބަބު ޕީއެންސީން ރަސްމީކޮށް ހާމައެއް ނުކުރެއެވެ. އެހެން އެކަން އޮއްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕުން ނާޒިމް އިއްޔެ ހެނދުނު ވަނީ ބޭރުކޮށްލާފައެވެ.

މަޖިލީހުގެ އިދާރާއިން މިހާރު ވަނީ ނާޒިމް މަގާމުން ވަކިކުރުމަށް ޕީއެންސީން ހުށަހެޅި ގަރާރު ލިބިފައިވާކަން ބުނެފައެވެ. އަދި ގާނޫނުއަސާސީ ބުނާގޮތަށް މަޖިލީހުން އަމަލުކުރާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މަހުގެ 31 އާ ހަމައަށް ދައުރު ދަންމާލަން ވަނީ ފާސްކޮށްފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ނައިބު ރައީސް ވަކިކުރުމުގެ މަރުހަލާ ނިންމުމަށް އިތުރުކުރި ވަގުތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ