މަޖިލީހުގެ ދައުރު މިމަހުގެ ނިޔަލަށް ދަންމާލައިފި

Screenshot 2026-05-14 at 12.02.03

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރުގެ މަސައްކަތްތައް ނިންމުމަށްޓަކައި، މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދައުރު އިތުރުކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން މި ދައުރު މިއަދަށް ހަމަވި ނަމަވެސް، މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ހުށަހަޅުއްވީ ނުނިމި ހުރި މުހިއްމު މަސައްކަތްތަކަށް ވަގުތު ދިނުމުގެ ގޮތުން ދައުރު ދަންމާލުމަށެވެ. މި ހުށަހެޅުމަށް މަޖިލީހުގެ 58 މެންބަރުން ފެންނަ ކަމަށް އަދި 11 މެންބަރުން ނުފެންނަ ކަމަށް ވަނީ ވޯޓު ދީފައެވެ.

ދައުރު އިތުރުކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބައެއް މުހިއްމު ބިލްތަކުގެ މަސައްކަތް ކުރިއަށް ދާތީއެވެ.

މަޖިލީހުގެ ދައުރު އިތުރުކުރި ނަމަވެސް، ކުރިއަށް އޮތީ ބޮޑު އީދު ބަންދެވެ. މި މަހުގެ 22 އިން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވާނެއެވެ.

އެހެންކަމުން، ބަންދުގެ ކުރިން ވީހާވެސް ގިނަ މަސައްކަތްތަކެއް ނިންމުމަށް މަޖިލީހުން އަމާޒު ހިފާފައިވާއިރު، ދެން ޖަލްސާއެއް އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ