ސަތޭކަ މީޓަރަށް ފީނޭ ވަރަށް ސިފައިން ތަމްރީނުކުރަނީ

Scuba-Dive-in-Maldives-Indulge-Maldives

ސަތޭކަ މީޓަރު އަޑިއަށް ފީނޭ ވަރަށް ކޯސްޓްގާޑުގެ އޮފިސަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްގެ ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ، ސިފައިންގެ ޑައިވަރުން ޑައިވްކުރުމަށް ކޮލިފައިވެފައި ތިބެނީ 50 މީޓަރަށް ޑައިވް ކުރުމަށްކަމަށެވެ.

ސަލީމް ވިދާޅުވީ ކޯސްޓްގާޑުގެ ޑައިވަރުންގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އަަވަށްޓެރި ބައެއް ގައުމުތަކުގެ އެހީއާއި ސަރުކާތުގެ އެހީތރިކަމާއެކު މި އަހަރުތެރޭ 100 މީޓަރަށް ޑައިވް ކުރެވޭ ފެންވަރަށް ޑައިވަރުންނަށް ތަމްރީނުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"ސަރުކާރުގެ އިސްނެގުމާއެކު މިއަހަރުތެރޭގައި 100 މީޓަރަށް ޑައިވްކުރެވޭ ފެންވަރަށް ޑައިވަރުން ގެންދިއުމަށްޓަކައި ޕްރޮގްރާމެއް ފަށާފައިވަނީ. މިމަހުގެ ތެރޭގައި މީގެ ސެކަންޑް ފޭސް ހިނގާނެ. މިއަހަރު ނިމުމުގެ ކުރިން އެއަށް ބޭނުންވާ މީހުން ތަމްރީނުކޮށް ކުރިއަށްގެންދެވޭތޯ މި ބަލަނީ." ސަލީމް ވިދާޅުވިއެވެ.

ރާއްޖެއަކީ ޑައިވްކުރުމަށް ރައްކާތެރި ޤައުމެއްކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ، ޑައިވްކުރާއިރު އެންމެ މުހިންމީ އެކަމަށް ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ