މުޖުތަމައުގެ ތެރޭގައި ހިންގާ ނޭދެވޭ އަދި ނުރަނގަޅު ކަންކަމަށް އިޖާބަ ނުދީ، "ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް" ގެ ތެރެއިން ދަސްވި ހަރުދަނާ ސިފަތަކާއި ހުނަރުތަކުގެ ފުރިހަމަ ބޭނުން ހިފުމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ގޮވާލައްވައިފިއެވެ.
ވަޒީރު އެފަދައިން ގޮވާލެއްވީ މި ޕްރޮގްރާމްގެ ދެވަނަ ބެޗުގެ ދަރިވަރުން ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ މި ޕްރޮގްރާމް އިޢުލާންކުރެއްވީ ޒުވާނުން ތަރުބިއްޔަތުކޮށް، ވަޒީފާގެ ބާޒާރަށް އެކަށޭނަ ހަރުދަނާ ބަޔަކަށް ހެދުމަށްކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި މިއީ ކާމިޔާބު ޕްރޮގްރާމެއްކަން ފާހަގަކުރައްވައި، ބައިވެރިވާން ބޭނުންވާ ކޮންމެ ޒުވާނަކަށް އެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ. އެގޮތުން މިއަހަރުގެ ބާކީ އޮތް މުއްދަތުގައި، ކޮންމެ ބެޗެއްގައި 350 ދަރިވަރުން ހިމެނޭހެން އިތުރު 2 ބެޗު ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު ދިރިއުޅުމުގެ ޙާލަތު އެންމެންގެ އެއްގޮތް ނޫނަސް، ބެލެނިވެރިންގެ އުއްމީދުތައް ޙާޞިލްކޮށްދީ، ގައުމުގެ ކުރިއެރުމަށް އެންމެން އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ތަމްރީނަކީ ހަމައެކަނި ޖިސްމާނީ ތަމްރީނެއް ނޫންކަން ފާހަގަކުރައްވައި، އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ކަންތައްތަކެއް ދަސްކޮށްދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ނަމާދަށް ފަރުވާތެރިވުމާއި، ދީނީ އަދި އިލްމީ ހޭލުންތެރިކަން އިތުރުކުރުމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ބޭނުންވާ ޖިސްމާނީ ހުނަރުތަކުގެ އިތުރުން އާންމު ދިރިއުޅުމުގައާއި ގޭތެރޭގެ ޒިންމާތައް އަމިއްލައަށް އުފުލަން ދަސްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މުޖްތަމަޢުގެ ތެރޭގައި ހިންގާ ނޭދެވޭ ކަންކަމަށް އިޖާބަ ނުދިނުން މުހިންމު. ލިބުނު ތަމްރީނުތަކުގެ ބޭނުން ހިފަން ވާނެ. އަޅުގަނޑު އެދެނީ ހުރިހާ ޒުވާނުންނަށް އުޖާލާ މުސްތަޤުބަލެއް،