ގެގް އޯޑަރުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

Screenshot 2026-05-17 at 14.58.06

"އަދަދު" އޮންލައިން ނޫހުން ނެރުނު ޑޮކިއުމެންޓަރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ބާތިލުކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާ މި މައްސަލަ ރިޖެކްޓްކުރީ، ކްރިމިނަލް ކޯޓުގެ އެ އަމުރު އިސްތިއުނާފުކުރުމުގެ ޤާނޫނީ ޙައްޤު އެމްޖޭއޭއަށް ނެތް ކަމަށް ކަނޑައެޅުމަށްފަހުއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވި "ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު" ގައި ހިމެނެނީ:

  1. އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި އެއްވެސް ވަރަކަށް ދައުރު ނުކުރުން.

  2. އޭގައިވާ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ނުދެއްކުން.

  3. މައްސަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާއާ ގުޅުވައި އެއްވެސް ވާހަކައެއް ނުދެއްކުން.

މި އަމުރާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން (އީސީ) ވަނީ ސިޔާސީ ޕާޓީތަކަށްވެސް އެ ޑޮކިއުމެންޓަރީގެ އެއްވެސް ވާހަކައެއް އާންމު ނުކުރުމަށް އަންގައިފައެވެ.

 މި އަމުރާ ޚިލާފުވި ކަމަށް ބުނެ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރު އާއި މުހައްމަދު ޝަހުޒާން ވަނީ ޖަލަށްލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ