ވ. އަތޮޅުގެ ކަނޑުއަޑީގައި އޮންނަ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު، އެމީހުން ފީނަން ދިޔަ ހޮހަޅައިގެ ތެރެއިން ފެނިފައިވާކަން އެމްއެންޑީއެފުން ކަށަވަރުކޮށްދީފިއެވެ.
The bodies of four missing divers has been located inside the Vaavu atoll cave on a joint search & recovery operation conducted by MNDF CG, @PoliceMv, & a team of experts arranged by the Italian Government. Further dives to be carried out in the coming days to recover the bodies.
— Maldives National Defence Force (@MNDF_Official) May 18, 2026
އެމްއެންޑީއެފުން މިއަދު ބުނީ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ހަތަރު ފަތުރުވެރިން ފެނިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑާއި، ފުލުހުން އަދި އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު ބޭރުން އައި ހާއްސަ ޑައިވަރުންގެ ޓީމަކުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. މި މީހުންގެ ހަށިގަނޑުތައް މިހާރު ލޮކޭޓް ކުރެވިފައިވީ ނަމަވެސް، އަދި މައްޗަށް ނެގިފައި ނުވާކަމަށް ސިފައިން މަޢުލޫމާތު ދެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، މި ހަށިގަނޑުތައް ހޯދިފައިވަނީ ފުން ކަނޑުތަކަށް ފީނުމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ ޑައިވަރުންގެ ޓީމަކުން ކުރި މަސައްކަތުން ކަމަށެވެ. އަދި މި ހަށިގަނޑުތައް ހޮހަޅައިގެ ތެރެއިން ބޭރަށް ނެރުމުގެ މަސައްކަތް ކުރިއަށް އޮތް ޑައިވްތަކުގައި ކުރުމަށް މިހާރު ރާވަމުންދާ ކަމަށާއި، އެއީ ވަރަށް ބޮޑަށް ބަލައިގެން ކުރަންޖެހޭ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ހާދިސާ ހިނގާފައިވަނީ ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން އުޅުމުގެ ތެރޭގައެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާތާ ތިން ދުވަސް ފަހުން ހަށިގަނޑުތައް ފެނުނު ނަމަވެސް، އެމީހުން މައްޗަށް ނެގުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މި އޮޕަރޭޝަނުގައި އިޓަލީ ސަރުކާރުގެ ފަރާތުން ފޮނުވި ފަންނީ ޑައިވަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާކަންވެސް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.