މަސްވެރިކަމާއި ގުޅޭ

ލޮނދިފާނަ- ފޮޓޯ: ފިޝެސް އޮފް އޮސްޓްރޭލިއާ

ލޮނދިފާނަ

މިއީ ރާއްޖޭގެ ފަރުފަޅުގެ ގާތަކުގެ މަތީގައި ގިނައިން އުޅޭ ބާވަތެކެވެ.

މިއީ ކެއުމަށް ރަގަޅު ފާނައެކެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި މަސްކޮށީގައި މަސްބޮޑެތިކުރާ ފަރާތްތަކުން މިމަސް ގެންގުޅެ ބޮޑެތިކޮށް ހަދައެވެ. "ލޮނދިފާނަ" ކިޔާފައިވަނީ މަހުގެ ބޭރުގައި ހުންނަ އާދަޔާޚިލާފު ލޮނދިކަމެއްގެ ސަބަބުންނެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުގައި މި ފާނައަށް "މުރަކަ ފާނަ" ވެސް ކިޔައެވެ. މިއީ ގިނަފާނަތަކާއި އަޅާ ބަލާއިރު ވަރަށް ފަސޭހައިން ފާހަނގަކުރެވޭ ފާނައެކެވެ. ސަބަބަކީ އެހެނިހެން ފާނަތަކަށްވުރެ މަހުގެ ކަރުތާފަތުގެ ކޮޅަށް އޫކޮށް ފަހަތުކޮޅަށް ދިގުވެފައި ހުންނަކަމުންނާއި އަނގަ ބޮޑުކަމުންނެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 13 އާއި 16 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއިއެކު 8 މަޑުކަށި ހުރެއެވެ. މަހުގެ ކާނާއަކީ މައިގަނޑުގޮތެއްގައި މަސްމަހާމެއްސެވެ.

މަހުގެ ކުލައަކީ އަޅިމުށިކުލައެކެވެ. މަހުގައި އޮރެންޖް ކުލައަކަށްދާ މުށިކުލައިގެ ތިކިތަކެއް ހުރެއެވެ. ބުރިކަށިމަތީ ކޮތަރިބައިގައި ތިކިތަކެއް ހުރެއެވެ. ބުރިކަށިމަތީ ކޮތަރިބައިގައި ހަތަރުވަނަ ހަރުކަށްޓާ ދިމާގައި ކަޅުކުލައިގެ ލަފެއް ބައެއް މަސްމަހުގައި ފާޅުކޮށް ހުރެއެވެ. މިއީ 1 މީޓަރާއި 50 މީޓާރާއި ދެމެދުގެ ފުންމިނުގައި އުޅޭ 75 ސެންޓިމީޓަރަށް ބޮޑުވާ ފާނައެކެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Greasy grouper

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!