މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އައްޑޫ ސިޓީގައި މަސް ފިހާރައެއް ހުޅުވައިފިއެވެ.
އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވީ ހިތަދޫގައެވެ.
އެ ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.
އައްޑޫގައި މިފްކޯގެ މަސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު އަނަސް ވިދާޅުވީ މާލެ ސަރަހައްދުން ބޭރުގައި ހުޅުވުނު މިފްކޯގެ ފުރަތަމަ މަސްފިހާރަ އައްޑޫގައި ހުޅުވިގެން ދިޔުމަކީ ލިބޭ އުފަލެއް ކަމަށެވެ.
މިފްކޯގެ މަސް ފިހާރަތައް މިހާރު ހުންނަނީ މާލޭގައި އެކަންޏެވެ.