މަސްވެރިކަމާއި ގުޅޭ

large_158937280054Nde8

އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރަކަށް "ޒުވާން މަސްވެރިޔާ" ހަސަން ސާޖިން ހަމަޖައްސައިފި

އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި، "ޒުވާން މަސްވެރިޔާ" ހަސަން ސާޖިން ހަމަޖައްސައިފި އެވެ.

އުރީދޫއިން ބުނީ އަލަށް މި ފެށުނު ޕާޓްނަޝިޕްގެ ދަށުން، އުރީދޫ އާއި ސާޖިން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން މަސްވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ޒަމާނީ ބަދަލުތަކާއި، މަސްވެރިކަމުގެ ދާއިރާގައި ޒުވާނުންނަށް ހުރި ފުރުސަތުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ސާޖިންއާއެކު ކުރާނެކަމަށް އުރީދޫން ބުނެއެވެ.

އަދި މަސްވެރިކަމުގެ ދާއިރާގައި މިހާރު ކުރިމަތިވެފައިހުރި ގޮންޖެހުންތައް ދެނެގަނެ ޓެކްނޮލޮޖީގެ އެހީގައި އެކަންކަން ހައްލުކުރުމަށް ސާޖިން އާއި އެކު މަސައްކަތްކުރާނެ އުރީދޫން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ، މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުގެ އިތުރުން ޒަމާންވީ އާދަކަދާތަކުގެ ތެރެއިން ފާހަގަކުރެވޭ ހަރަކާތަކަށް ވާއިރު މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި މުޖުތަމައު ހޭލުންތެރިކޮށް ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ސާޖިން ހިއްވަރާއެކު ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިކަމާއި ގުޅިގެން މަސްވެރިންގެ ނޫހަށް މަޢުލޫމާތު ދެމުން ސާޖިން ބުނީ، އުރީދޫގެ އެމްބަސެޑަރެއްގެ ގޮތުގައި އޭނާ ހަމަޖެއްސުމަކީ އޭނާގެ މަސައްކަތް އުރީދޫން ބަލައިގަތްކަމުގެ ހެތްކެއް ކަމަށެވެ. އަދި މިކަމުން ދައްކައިދެވީ މަސްވެރިކަން ކުރިއެރުވުމަށް އުރީދޫން ދޭ އަހަންމިއްޔަތުކަން ކަމަށް ސާޖިން ބުންޏެވެ.

ގެމަނަފުއްޓަށް އުފަން އުމުރުން 21 އަހަރުގެ ސާޖިން އަކީ ކުޑައިރު މަސްވެރިކަމުގެ ދާއިރާއަށް ނުކުމެ، މަސްވެރިކަމަކީ "ސަޅި" ކަމެއް ކަމުގައި ދައްކަން އާންމުން ހޭލުންތެރިކުރުވަން މަސައްކަތްކުރަމުން އަންނަ ޒުވާނެކެވެ. މަސްވެރިކަން ޕްރަމޯޓް ކުރުމަށް ސާޖިން ކުރަމުންދާ މަސައްކަތަށް އާންމުންގެންދަނީ ތަޢުރީފު ކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!