އިމާރާތެއްގެ ދެވަނަ ފަންގިފިލައިން ކުޑަކުއްޖަކު ވެއްޓި، ފަރުވާ ދެނީ

Screenshot 2026-05-30 at 05.13.59

މެދުރާއްޖެތެރޭގެ ރަށެއްގައި އިމާރާތެއްގެ ދެވަނަ ފަންގިފިލައިން ތުއްތު ކުއްޖަކު ވެއްޓި، އެ ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އިއްޔެއެވެ.

މެދުރާއްޖެތެރޭގެ ރަށެއްގައި ހިނގި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުމާއެކު، އެ އިދާރާއިން މިހާރު ދަނީ މިކަން ހިނގައިދިޔަ ގޮތް ތަޙުޤީޤު ކުރަމުންނެވެ.

ކުއްޖާގެ ޞިއްޙީ ހާލަތާ ގުޅޭގޮތުން ފުލުހުން ބުނެފައި ވަނީ، އުސްތަނަކުން ވެއްޓުނު ނަމަވެސް އެ ކުއްޖާގެ "ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް" ކަމަށެވެ. އެހެންނަމަވެސް، ކުއްޖާގެ އެތެރެހައްޓަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ކަށަވަރުކުރުމަށްޓަކައި، އާއިލާގެ އެދުމުގެ މަތިން އިތުރު ޓެސްޓުތަކެއް ހެދުމަށް މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގި ސީދާ ވަގުތާއި، ވެއްޓުނު ކުއްޖާގެ އުމުރު ފަދަ ތަފްޞީލީ މަޢުލޫމާތެއް ފުލުހުން މިހާތަނަށް މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ