އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަން: އިންޖީނުތައް އުފެއްދުމުގެ މަސައްކަތް ބާރުސްޕީޑުގައި

l_2025_05_11_101820_osriy6eqltdhx1nvap2zkbw3j8u4g9mf7c5_EN_
އައްޑޫ ސިޓީގައި ހުރި ފެނަކަ ސްޓޭޝަނެއް. ފޮޓޯ: ފެނަކަ

އައްޑޫ ސިޓީގައި ގާއިމުކުރާ ސެންޓްރަލް ޕަވާ ސްޓޭޝަންގެ މަސައްކަތުގެ ތެރެއިން، އެ ތަނަށް ބޭނުންވާ އިންޖީނުތައް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ހުސެއިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އަފީފް ވިދާޅުވީ، އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ފަށާފައިވާ މި މަޝްރޫއު އެއްވެސް މަޑުޖެހުމެއް ނެތި ކުރިއަށްދާ ކަމަށެވެ. މި ވަގުތު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރިއަށްދަނީ މި މަޝްރޫއުގެ ދަށުން ބަހައްޓާ އިންޖީނުތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫގައި 5.2 މެގަވޯޓުގެ ފަސް ޖަނަރޭޓަރު އިންސްޓޯލްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އައު އިންޖީނުގެއަކާއި ފިޔުލް ފާމެއްގެ އިތުރުން، ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންވާ އިންތިޒާމުތައް ވެސް މި މަޝްރޫއުގެ ތެރެއިން ގާއިމުކުރެވޭނެއެވެ.

މި މަޝްރޫއުގައި ބޭނުންކުރަނީ ބެލްޖިއަމްގެ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ) ގެ ޒަމާނީ ލޯ-ސްޕީޑް އިންޖީނުތަކެކެވެ. މި އިންޖީނުތައް ބެލެހެއްޓުމަށްޓަކައި ފެނަކައިގެ މުވައްޒަފުންނަށް ބެލްޖިއަމްގައި ހާއްސަ ތަމްރީނުތަކެއް ދިނުމަށް ވެސް ވަނީ ރޭވިފައެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމައި ހިދުމަތް ދޭން ފެށުމެވެ. ދުބާއީގެ ޑެފިނިޓް ސޮލިއުޝަންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ނިމުމުން، އައްޑޫގެ އެކި އަވަށްތަކުގައި މިހާރު ހުރި ވަކިވަކި އިންޖީނުގެތައް އެއްތަނަކަށް ބަދަލުވެ، ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ