ގއ. ގެމަނަފުށީގައި މިރޭ ހިނގި ނުރައްކާތެރި މާރާމާރީއެއްގައި ބަންގްލަދޭޝް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނަކަށް މި ހަމަލާ ދީފައިވަނީ ސްރީލަންކާގެ ރައްޔިތެކެވެ. މި ހަމަލާގައި ޒަހަމުވި މީހާގެ ހަށިގަނޑުގެ ހަތަރު ތަނަކަށް ވަޅި ހަރާފައިވާ ކަމަށް ރަށުން ލިބޭ މައުލޫމާތުތަކުން އެނގެއެވެ. މި ހަމަލާގެ ސަބަބުން އެ މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލާއި، އޭނާގެ ހާލަތާ ގުޅޭގޮތުން ސިއްހީ އިދާރާތަކުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް، މި ހަމަލާއާ ގުޅިގެން ރަށުގެ ތެރޭގައި ބޮޑު ސިހުމެއް ވަނީ އުފެދިފައެވެ. ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ މީހާއާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އިތުރު ތަފްސީލް އަންނަނީ....