ޓްރާންސްޕްލާންޓް ކުރުމުގެ ބިލު އަނބުރާ މަޖިލީހަށް

fgdfgdsv

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މި ބިލަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި، ހުސްވި މެއި މަހުގެ 14 ވަނަ ދުވަހު ފާސްކޮށް، ތަސްދީގުކުރުމަށްޓަކައި މެއި 19 ގައި ރައީސް އޮފީހަށް ފޮނުވި ބިލެކެވެ.

މި ބިލު އަނބުރާ ފޮނުވައިލީ މަޖިލީހުން މި ބިލު ފާސްކުރިއިރު ގެނައި ބަދަލުތަކުގެ ސަބަބުން، ގާނޫނު އަމަލީ ގޮތުން ތަންފީޒުކުރުމުގައި ބޮޑެތި ހުރަސްތަކަކާއި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަތުމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި މި ބިލު މިހާރު އޮތް ގޮތް މުރާޖައާކޮށް، އޭގެ މަގުސަދު ހާސިލްވާނެ ފަދަ މުހިންމު ބަދަލުތަކެއް ގެންނަންޖެހޭކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެހެންކަމުން، ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، މި ބިލާމެދު މަޖިލީހުން އަލުން ބައްލަވައި، އިސްލާހުތަކާ މެދު ބަހުސްކުރުމަށްޓަކައި އެ ބިލު ވަނީ މިރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ