ލަންކާގެ އިތުރު ހޮސްޕިޓަލްތަކުން އާސަންދަ ހަމަޖައްސަނީ

Screenshot 2026-06-01 at 09.13.48

ސްރީ ލަންކާގެ އިތުރު ހޮސްޕިޓަލްތަކުން އާސަންދަ ލިބޭ ގޮތް ހަމަޖެއްސުމަށް މަސައްކުރަމުންދާ ކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ.

ލަންކާއަކީ ބޭސްފަރުވާގެ ބޭނުންތަކަށް ދިވެހިން އެންމެ ގިނައިން ގޮސްއުޅޭ އެއް މަންޒިލެވެ. އެ ގައުމުގެ ބައެއް ބޮޑެތި ހޮސްޕިޓަލްތަކުން މިހާރުވެސް އާސަންދައިގެ ޚިދުމަތް ލިބެމުންދާއިރު، އިތުރު މެޑިކަލް ސެންޓަރުތަކުން މި ޚިދުމަތް ލިބޭނެ މަގު ތަނަވަސްކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން އާސަންދަ ކުންފުނިން ހާމަކުރި ގޮތުގައި، މިވަގުތު ސްރީލަންކާގެ 7 ހޮސްޕިޓަލަކުން އާސަންދަ މެދުވެރިކޮށް ފަރުވާ ހޯދެއެވެ. އޭގެތެރޭގައި ހިމެނެނީ:

  • ކިންގްސް ހޮސްޕިޓަލް ކޮލަމްބޯ
  • އަސިރީ ހޮސްޕިޓަލް
  • އަސިރީ ސަރޖިކަލް
  • އަސިރީ ސެންޓްރަލް ހޮސްޕިޓަލް
  • ނަވްލޮކާ ކޮލަމްބޯ
  • ނަވްލޮކާ ނިގަމްބޯ
  • ދޫރްދާންސް ހޮސްޕިޓަލް

އާސަންދަ ކުންފުނިން އިތުރަށް ވިދާޅުވީ، ޚިދުމަތް އަލަށް ފެށުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ 15 ހޮސްޕިޓަލަކާއެކު މިހާރުވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި އޭގެތެރެއިން 6 ހޮސްޕިޓަލަކާއެކު އެއްބަސްވުންތައް އެކުލަވާލައި، ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ބޭނުންވާ އިދާރީ އެންމެހާ ކަންކަން ފުރިހަމަކުރުމުގެ ފަހުގެ މަސައްކަތްތައް ކުރަމުންދާކަން އެ ކުންފުނިން ފާހަގަކުރެއްވިއެވެ.

އަލަށް ގުޅޭ ހޮސްޕިޓަލްތަކުން ޚިދުމަތް ދޭން ފެށުމުން، ބޭސްފަރުވާއަށް ލަންކާއަށް ދާ ދިވެހި ބަލިމީހުންނަށް ލިބޭ ފުރުސަތުތައް އިތުރުވެ، މާ ފަސޭހަ އަދި ލުއި އިންތިޒާމެއްގެ ތެރެއިން ފަރުވާގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް އާސަންދައިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ