ޑިޖިޓަލައިޒޭޝަނާއެކު ނުފޫޒު ފޯރުވުން ނިމުމަކަށް އަންނާނެ: ރައީސް

DSC_4682

ޖިޓަލްކުރުމުގެ މަސައްކަތާއެކު، ސަރުކާރުގެ އިދާރާތަކުގައި ވަކި ފަރުދުންގެ ބާރާއި ނުފޫޒު ފޯރުވުމުގެ ފުރުޞަތު ހަނިވެ، އެކަން ނިމުމަކަށް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޚިދުމަތްތައް ޑިޖިޓަލްވުމުން އިންސާނުންގެ ބައިވެރިވުން ނުވަތަ 'ހިއުމަން އިންޓަވެންޝަން' ބޭނުންވާ މިންވަރު ކުޑަވެގެންދާނެ ކަމަށެވެ. މި ބަދަލުގެ އެންމެ ބޮޑު މަޤްޞަދަކީ، ކަންކަން ނިންމުމުގައި ވަކި މީހެއްގެ އިޚުތިޔާރީ ބާރު ކުޑަކުރުން ކަމަށާއި، އޭގެ ސަބަބުން ނުފޫޒު ބޭނުންކޮށްގެން ކަންކަން ކުރުމުގެ ސަޤާފަތް ނެތިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މުޅި ސަރުކާރުގެ ނިޒާމުގެ ތެރެއިން ވަކި މީހެއްގެ ނުފޫޒުން ކަންކަން ނިންމުން ނިމުމަކަށް ގެނެސް، އެފަދަ ކަންކަމަށް އޮތް ހުރިހާ ދޮރުތަކެއް ބަންދުކުރުން. ޑިޖިޓަލް ދާއިރާއަށް އަޅުގަނޑުމެން އިސްކަންދޭ އެއް ސަބަބަކީ އެއީ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބަދަލާއެކު އާސަންދަ ނިޒާމާއި ސަރުކާރުގެ އެހެނިހެން ޚިދުމަތްތައް ދިނުމުގައި ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ޚާއްޞަކޮށް، ވަކި މީހަކަށް ގުޅައިގެން ނުވަތަ ނުފޫޒެއްގެ ތެރެއިން ޚިދުމަތްތައް އަވަސްކުރުމަށް ކުރާ މަސައްކަތްތައް ހުއްޓި، ހަމަހަމަކަމާއެކު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ