ދ. މީދޫން މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

Masverin

މަސްވެރިންނަށް ހާއްސަ އަގެއްގައި ދޫކުރާ ތެޔޮ ދ. މީދޫއިންވެސް މިހާރު ލިބޭނެކަަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ނުތަނަވަސްކަމާއި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާއިރު، އޭގެ ސީދާ އަސަރު ރާއްޖެއަށްވެސް ދަނީ ކުރަމުންނެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންނަށް ހާއްސަ އަގެއްގައި ތެޔޮ ފޯރުކޮށްދެމުންދިޔައީ ހަތަރު ސަރަހައްދަކުންކަަމަށެވެ. އެހެންނަމަވެސް މިހާރު އިތުރު 10 ސަރަހައްދަކުން ތެޔޮ ފޯރުކޮށްދޭން ވަނީ ފަށާފައެވެ. އެންމެ ފަހުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ ދ. މީދޫގައެވެ.

އެގޮތުން މިހާރު ދ. އަތޮޅު 2 ރަށަކުން ލިބޭނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މިހާރު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނުވަނީ ރ. އަތޮޅާއި ތ. އަތޮޅުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ