މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމަށް ސާވޭތައް ފަށައިފި

Screenshot 2026-06-02 at 15.31.19

މާލެއާއި ވިލިމާލެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ ސާވޭތަކާއި، ދިރާސާ ކުރުމުގެ މަސައްކަތްތައް ފަށައިފިއެވެ.

މާލޭގެ މަގުތަކާއި، ވިލިމާލޭގެ ހުރިހާ މަގުތަކެއް ތަރައްގީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަނީ، ޗައިނާގެ ހިލޭ އެހީގެ ދަށުންނެވެ.

ވެރިރަށުގެ މަގުތަކަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ސިޔާސަތެވެ. އެގޮތުން، ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކޮށްގެން ހިންގަން ކުރިން ނިންމި މި މަޝްރޫއަށް ބޮޑު ލުޔެއް ލިބުނީ، ރައީސް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ސަރުކާރުން ހިލޭ އެހީ ހަމަޖައްސަވައިދެއްވި ހިސާބުންނެވެ.

މި ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ސަރުކާރުން ވަނީ ޑިޒައިނިން މަރުހަލާ ކުރިއަށްގެންދިއުމާ ބެހޭ 'ލެޓާ އޮފް އެކްސްޗޭންޖް' އެއްގައި ޗައިނާއާއެކު ސޮއިކޮށްފައެވެ. މިއީ ސީދާ ޗައިނާގެ ހިލޭ އެހީގެ ދަށުން ހިނގާ މަޝްރޫއަކަށް ވާތީ، މީގެ އެންމެހާ ކަންކަން ރޭވުމާއި، ބޭނުންވާ ކޮންޓްރެކްޓަރުން ހޮވުމުގެ ޒިންމާ އުފުލާނީ ޗައިނާގެ ރަސްމީ އެޖެންސީތައް މެދުވެރިކޮށެވެ.

މަގުތަކުގެ ތަފްސީލީ ކުރެހުންތައް ތައްޔާރުކުރުމަށްޓަކައި މިހާރު ކުރިއަށްދާ ސާވޭތަކާއި މައުލޫމާތު އެއްކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާކަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.

އެ މިނިސްޓްރީން ބުނާ ގޮތުގައި، ކަމާބެހޭ ފަރާތްތަކާއެކު ބާއްވާ މަޝްވަރާތަކާއި ކަނޑައެޅިފައިވާ ސަރަހައްދުތައް ބަލައި ފާސްކުރުމުގެ ކަންކަން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ