ނެޝަނަލް ސާވިސްގެ ދެ ވަނަ ބެޗް ފަންނީ ތަމްރީނަށް ފުރައިފި

HJ38PiVakAAdUdZ

ނެޝަނަލް ސާވިސްގެ ދެވަނަ ބެޗް ފުރިހަމަކުރި ޒުވާނުންގެ ތެރެއިން އެ ހިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވާ ޒުވާނުން އެ ތަމްރީނަށް ބ .ކިހާދުއަށް މިއަދު ފުރައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް އަށް މިއަދު ފުރީ 17 އަތޮޅެއްގެ 50 ރަށަކުން ތަމްރީނުގައި ބައިވެރިވާ 77 ކުއްޖެކެވެ.

އެއީ އުމުރުން 16 އަހަރާއި 19 އަހަރާއި ދެމެދުގެ ޒުވާނުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ޒުވާނުންނަށް ތަފާތު ހަ ދާއިރާއަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ނެޝަނަލް ސާވިސް ނުވަތަ ވަތަނީ ހިދުމަތަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ޒުވާނުންނަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ