ފަރުދީ ޒިންމާއެއްގެ ގޮތުގައި ރާއްޖެ ފެހިކުރަން ރައީސް އިލްތިމާސްކުރައްވައިފި

hnnnnnnn

ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރާއްޖެ ފެހިކުރުމުގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ޚާއްސަ ދާއިރާތަކަށް އަމާޒުކޮށްގެން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި، ފެހިކަން އިތުރުކުރަން ފަށްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމުގައި އެންމެން ގުޅިގެން ފަރުދީ ފެންވަރުގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ. ވަކިން ޚާއްސަކޮށް، މި ގައުމީ ބޮޑު ހަރަކާތުގައި ޒުވާނުންގެ ދައުރު އިތުރުކޮށް، އެންމެން އެއް އަމާޒަކަށް މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑު ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް، ޒުވާނުންނަށް ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އެންމެންގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރާއްޖެ ފެހިކުރުމުގެ މަސައްކަތް ކުރަމާ ހިނގާށޭ. 5 މިލިޔަން ގަސްއިންދުމުގެ ޕްރޮގްރާމުގައި އަޅުގަނޑުމެން ކޮންމެ ބޭފުޅަކުވެސް ބައިވެރިވެ، މިއަހަރު ތެރޭގައި އަޅުގަނޑުމެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ޚާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަކީ އަޅުގަނޑު ހުރިހާ ލޮބުވެތި ރައްޔިތުންގެ ކިބައިން އެދޭ ކަމެއް." ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ޚާއްސަ އިސްކަމެއްދޭ މި މަޝްރޫޢަކީ ތަރައްޤީގެ ދުވެލީގައި ތިމާވެށީގެ ބެލެންސް ހިފެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ ތިމާވެށީގެ އެންމެ ބޮޑު މި ހަރަކާތަކީ 5 މިލިއަން ގަސް އިންދުމުގެ އަމާޒެއްގައި ފެށި ނަމަވެސް، އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުމާއެކު މިހާރު ވަނީ 6.4 މިލިޔަން ގަސް އިންދުމަށް ކަނޑައަޅާފައެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ކާމިޔާބުކަމާއެކު 1.6 މިލިއަނަށްވުރެ ގިނަ ގަސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންދާފައެވެ.

ރާއްޖެއިން ނެތެމުންދާ ކަމަށް ބެލެވޭ 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، އެ ބާވަތްތައް އަލުން އާލާކުރުމަށް މި މަޝްރޫޢުގައި ބޮޑު އިސްކަމެއް ދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ