ކަނޑުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ދެކޮޅަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއްް އަޅަން ޖެހޭ: ރައީސް

HIBAcfgbEAAinxl

ކަނޑުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ދެކޮޅަށް ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ބޭނުންވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދުނިޔޭގެ ކުރިމަގަށްޓަކައި ރައްކާތެރި ދުޅަހެޔޮ ކަނޑުތަކެއް ބޭނުންވާކަމަށެވެ.

ދިވެހީންނާއި ކަނޑުތަކާ ވަރަށް ބޮޑަށް ގުޅިފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ކަނޑުތަކަށް ކުރާ ނޭދެވޭ އަސަރު ހުރިހާ ގޮތަކުންވެސް ރާއްޖެއަށް ކުރާ ކަމަށެވެ.

ރައީސް ވިދާޅުވީ. ދިވެހީންގެ ސީދާ ދިރިއުޅުމާއި ގުޅިފައިވާ ކަނޑުތަކުގެ ރައްކާތެރިކަމަށްޓަކައި ރާއްޖެއިން އަންނަނީ ދެމެހެއްޓެނިވި މަސްވެރިކަމާއި ވަރުގަދަ ކަނޑުގެ ދިރާސާތަކާއި ފަރުތަކުގެ ހާލަތު ބެލެހެއްޓުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި  މުރަކަ އާލާކުރުމާއި ދިރާސާގެ މައްޗަށް ބަރޯސާވާ ފިޔަވަޅުތަކެއް މޫސުމީ ބަދަލުތަކާއި ދެކޮޅަށް އަޅަމުންކަން ފާހަގަކުރެއްވިއެވެ.

ކަނޑުތައް ހޫނުވުމާއި މުރަކަ ހުދުވުމާއި ރަށްގިރުމުގެ ހާދިސާތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާއިރު ބައިނަލްއަގުވަމީ މުޖުތަމައުއިން މިހާރަށްވުރެ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ގުޅިގެން މަސައްކަތް ކުރެއްވުމަށްވެސް އެ މަނިކުފާނު ގޮވާލެއްވިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަހެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ