އައްޑޫ ހިތަދޫ އެކްސިޑެންޓުގައި އަނިޔާވި ރަމީޒު އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭ ހޮސްޕިޓަލް

އައްޑޫ ސިޓީ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު، މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ހިތަދޫއަށް ނިސްބަތްވާ ރަމީޒު ނަމަކަށް ކިޔާ މީހެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރަމީޒު ނިޔާވީ އެކްސިޑެންޓުގައި ލިބުނު ބޮޑެތި އަނިޔާތަކަށް އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. މި އެކްސިޑެންޓުގައި އޭނާގެ ބޮލުގެ ނާށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ މާލެ ގެނެސްފައިވަނީ ހާލު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާ ދިނުމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް، އެހެން ސައިކަލެއްގައި ޖެހިގެންނެވެ. މި ހާދިސާގައި ދެ ސައިކަލު ދުއްވަން ތިބި ދެ މީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އެކްސިޑެންޓް ހިނގި ވަގުތު ދެ މީހުންނަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ، ދެ މީހުންވެސް ވަނީ ފަރުވާއަށް މާލެ ގެނެސްފައެވެ.

މި ހާދިސާގައި އަނިޔާވި ދެވަނަ މީހާއަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށްވެސް މިހާރު ދަނީ މާލޭގައި ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. އައްޑޫ ސިޓީގެ މަގުތަކަކީ މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ ސަރަޙައްދަކަށް ވުމާއެކު، ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އަބަދުވެސް އިލްތިމާސް ކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ