ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދިވެހިބަހާއި ޤައުމިއްޔަތާބެހޭ މުޝީރުގެ މަޤާމުގައި ހުންނެވި އާދަމް ނަޞީރު އިބްރާހީމް މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ޙުސައިން ޝަރީފް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އާދަމް ނަޞީރު އިސްތިއުފާ ދެއްވި ވަކި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
އާދަމް ނަޞީރު އިބްރާހީމަކީ މީގެ ކުރިން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި ފާހަގަކޮށްލެވޭ، ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.