ޕޯސްޓް އޮފީހާއި ނަސަންދުރަ ހިމެނޭ ސަރަޙައްދު ލަފާ ފުރުމަށް ހުޅުވާލައިފި

Screenshot 2026-06-11 at 01.30.21

ބޮޑުތަކުރުފާނު މަގު، ތަރައްޤީކުރުމަށް ބަންދުކުރެވިފައިވާ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ބައެއް ލަފާ ފުރުމަށް ވަގުތީ ގޮތުން ބޭނުން ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ހުޅުވާލައިފިއެވެ.

މާލޭގެ މައި މަގު ކަމުގައިވާ ބޮޑުތަކުރުފާނު މަގު ފުޅާކޮށް އެއްގަމު ތޮށި ބޭރަށް ޖެއްސުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް އޮތް ސަރަހައްދު މިހާރު ވަނީ އެއްކޮށް ބަންދުކޮށްފައެވެ.

އެމްޓީސީސީން މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދާއިރު، އެ ސަރަހައްދުގެ އެއްގަމު ތޮށިލުމުގެ މަސައްކަތުގެ ބައެއް ނިންމާލެވުމާ ގުޅިގެން، ޕޯސްޓް އޮފީހާއި ކުރީގެ ނަސަންދުރާ ހޮޓެލް ހުރި ސަރަހައްދާ ދެމެދު އޮންނަ ޖެޓީ، އުޅަނދުފަހަރު ލަފާ ފުރުމަށް ވަގުތީ ގޮތުން ހުޅުވާލަން އެ ކުންފުނިން މިވަނީ ނިންމާފައެވެ. ނަމަވެސް، މި ޖެޓީ ސަރަހައްދު ހުޅުވާލި ނަމަވެސް ބޮޑުތަކުރުފާނު މަގުގެ އެ ސަރަހައްދަކީ މިހާރުވެސް މަސައްކަތް ކުރަމުންދާ ޒޯނަކަށް ވާތީ، އާންމު ދަތުރުފަތުރަށް މަގު އަދިވެސް އޮތީ ބަންދުކޮށްފައެވެ.

މި ސަރަހައްދު ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެމްޓީސީސީގެ މުވައްޒަފުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

އެމްޓީސީސީގެ އަމާޒަކީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ