ދ. މީދޫ ކައުންސިލް ރައީސްގެ އިންތިޚާބުގެ އިތުރުބުރުގެ ވޯޓުލުން ފަށައިފި

Screenshot 2026-06-13 at 10.55.49

ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން ފަށައިފިއެވެ.

މި އިންތިޚާބުގައި ބަހައްޓާފައިވާ ހުރިހާ ފޮއްޓެއްގައި ވެސް ގަޑިއަށް ވަނީ ވޯޓުލުން ފަށާފައެވެ. މި ވޯޓު އަލުން ނަގަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ ފުރަތަމަ ބުރުގައި ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނިގޮތުގައި ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާ މި ވޯޓުލުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖެހިފައިވަނީ ވަރަށް އޮމާންކަމާއެކުގައެވެ.

މި އިންތިޚާބުގައި ދެ ސަރަހައްދެއްގައި ޖުމްލަ 3 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 1,049 މީހުންނަށެވެ. އެގޮތުން ދ. މީދޫ، ދ. އަތޮޅު މަދުރަސާގައި ދެ ވޯޓު ފޮށި ބަހައްޓާފައި ވާއިރު، އެ ރަށުން ވޯޓުލުމަށް 587 މީހުން ރަޖިސްޓަރީވެފައިވެއެވެ. އަދި ދަރުމަވަންތަ ސްކޫލުގައި މާލޭގައި ދިރިއުޅޭ މީދޫގެ ރައްޔިތުންނަށް ޚާއްޞަކޮށް 1 ފޮށި ބަހައްޓާފައިވާއިރު، 462 މީހުން ވޯޓުލާން ރަޖިސްޓަރީކޮށްފައިވެއެވެ.

މިދިޔަ ބުރުގައި ބެހެއްޓި "ދ.މީދޫ-2" ނަންބަރު ވޯޓު ފޮށީގެ މީދޫ ދާއިރާގެ 1 ވޯޓު ކަރުދާހަކާ މެދު ސުވާލު އުފެދި، ފަހުން އެއީ ސައްޙަ ވޯޓެއް ކަމަށް ކޯޓުން ކުރި ޙުކުމާ ގުޅިގެން ނަތީޖާއަށް ބޮޑު ބަދަލެއް އައެވެ. އެ ބަދަލާއެކު، ކައުންސިލް ރައީސްގެ މަޤާމަށް ވާދަކުރެއްވި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު ކުއްލިއަކަށް އެއްވަރުވުމުން، އީސީއަށް މަޖިލީހުން ލާޒިމުކުރީ އިތުރު ބުރެއް ބޭއްވުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ