ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯހުން 'ދިވެހި ވަޠަނީ ޚިދުމަތް' ގެ ފުރަތަމަ ބެޗު ދަސްވެނިވެއްޖެ

HKrM2NbawAACeq9

ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ޒުވާނުން ތަމްރީނުކުރުމަށް ހިންގި 72 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމައި، "ދިވެހި ވަޠަނީ ޚިދުމަތް" (ނޭޝަނަލް ސަރވިސް) ގެ ފުރަތަމަ ބެޗުގެ ދަރިވަރުން މިއަދު ދަސްވެނިވެއްޖެއެވެ.

މި އުފާވެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދަސްވެނިވި ހުރިހާ ދަރިވަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކޯހުން ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ދަސްވެނިވެފައިވާ ކަމަށެވެ. އަދި ސިފައިންގެ މަތިވެރި ޚިދުމަތަށް ނުކުތް މި ޒުވާނުން ދެއްކި ހިތްވަރަށް އެމަނިކުފާނު ވަނީ ސާބަހާއި އައްސަރިބަސް ރައްދުކުރައްވާފައެވެ. މީގެ އިތުރުން، ކޯހުގެ އެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށްވެސް ރައީސް ވަނީ ޚާއްޞަ މަރުޙަބާއެއް ވިދާޅުވެފައެވެ.

"ދިވެހި ވަޠަނީ ޚިދުމަތް" ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ އަކީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ތަޤްރީރުގައި އިޢުލާނުކުރެއްވި މުހިންމު ސިޔާސަތެކެވެ. މިއީ ޤައުމުގެ ޒުވާނުން ބިނާކުރުމާއި، އެކި ދާއިރާތަކުން ހުނަރުވެރި، އަޚްލާޤީ ގޮތުން ސާލިޙު ޖީލެއް އުފެއްދުމަށް އަމާޒުކޮށްގެން ފެށި މަސައްކަތެކެވެ. މި ސިޔާސަތުގެ ދަށުން ޒުވާނުންނަށް މަސައްކަތުގެ އަޚްލާޤާއި، ސުލޫކު އަދި ޤައުމަށް ފައިދާހުރި މަސައްކަތްތަކުގައި އިސްނެގުމުގެ ހުނަރު ދަސްކޮށްދެއެވެ.

ސިފައިންގެ އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެއާ ގުޅޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ޢިލްމާއި ހުނަރު އުނގަންނައިދިނުމަށް ހިންގާ ކޯހެކެވެ. މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ކޯސް ނިންމާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމެވެ. މިއަދު ދަސްވެނިވި 137 ދަރިވަރުންނަކީ މި ތަމްރީނުތައް ފުރިހަމަކޮށް، ޤައުމީ ޚިދުމަތަށް ތައްޔާރުވެފައިވާ ޒުވާނުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ