މިދިޔަ ހަފުތާގައި ސްކޭމްގެ 36 މައްސަލަ

kg,dcmvlvvvvv

މިދިޔަ ހަފުތާގައި ސްކޭމްގެ 36 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އޮންލައިންކޮށް މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް ހުއްޓުވުމަށާއި، އާންމުންގެ ފައިސާ ރައްކާތެރިކުރުމަށް ފުލުހުން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ދަށުން ފާއިތުވި ހަފުތާގައި ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހުށަހެޅުނު މައްސަލަތަކުގައި ޖުމްލަ 118,370.05 ރުފިޔާ ގެއްލިފައިވާއިރު، ފުލުހުންގެ އަވަސް އޮޕަރޭޝަންތަކުން ވަނީ އޭގެ ތެރެއިންނާއި ކުރީގެ މައްސަލަތަކ ހިމެނޭހެން ޖުމްލަ 164,240.60 ރުފިޔާ ކާމިޔާބުކަމާއެކު އަތުލައި، އަނބުރާ ހޯދައިދީފައެވެ.

ހުށަހެޅުނު މައްސަލަތަކާއި ބޭނުންކުރި މަންސަތައް:

  • އީ-ކޮމާސް (އޮންލައިން ވިޔަފާރި): 26 މައްސަލަ (އެންމެ ގިނައިން ރިޕޯޓުކުރި ބާވަތް)
  • އެހެންމީހަކަށް ވެގެން އޮޅުވާލުން: 4 މައްސަލަ
  • ފައިސާ މާރުކުރުން: 1 މައްސަލަ
  • އެހެނިހެން ބާވަތްތައް: 5 މައްސަލަ
  • ސްކޭމް ހިންގި ވަސީލަތްތައް: އޮންލައިން މެސެޖިން މަންސަތަކާއި، އައިބޭ، ފޯނު ކޯލް، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓް ޕްލޭސް

މިފަދަ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުން މުހިންމެވެ. ފުލުހުން އިލްތިމާސްކުރައްވާ ގޮތުގައި، އޮންލައިންކޮށް ވިޔަފާރިކުރާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކަކީ ސައްހަ ބައެއްތޯ ކަށަވަރުކުރަންޖެހެއެވެ.

ޚާއްސަކޮށް، ނޭނގޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ފޮނުވުމުގެ ބަދަލުގައި، އިތުބާރު ހިފޭ ވަސީލަތްތައް ބޭނުންކުރުމަށާއި، މުދާ ލިބުމުން ނޫނީ ފައިސާ ނުފޮނުވުމަށް ފުލުހުން ވަނީ ސަމާލުކަން އިތުރުކުރަން އެދިވަޑައިގެންފައެވެ. މީގެ އިތުރުން، އޮންލައިންކޮށް ވާހަކަދެއްކެނީ އަސްލު ވިޔަފާރިއަކާތޯ ޔަގީންކުރުމަކީ ސްކޭމްތަކުން ސަލާމަތްވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ