މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދިން ތަނެއް ބަންދުކޮށްފި

fnjffbkbbb

އައްޑޫސިޓީގެ މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދިޔަ ތަނެއް، މަރަދޫފޭދޫ ކޯޓުން ބަންދުކޮށްފިއެވެ.

ދެކުނުގެ އަތޮޅުތަކުގައި މަސްތުވާތަކެތި ބޭނުންކުރަން ހަދާފައި ހުންނަ "ކެފޭ" ތައް ނައްތާލުމަށް ފުލުހުންނާއި މިހާރު ދަނީ ހަރުކަށި ގާނޫނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ބާރުގެ ބޭނުންކޮށްގެން މަރަދޫފޭދޫ "އުއްމީދުގެ" ހޯމަ ދުވަހު ވަނީ 90 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ. މިއީ މަރަދޫފޭދޫ ކޯޓުން ނެރުނު މިފަދަ ފުރަތަމަ އަމުރެވެ.

މި ހިނގާ ޖޫން މަހުގެ 8 ވަނަ ދުވަހު އައްޑޫސިޓީ ހިތަދޫގެ މި ގެވެސް ވަނީ 90 ދުވަހަށް ބަންދުކޮށްފައެވެ. އަދި ބަންދުކޮށްފައި ހުއްޓާ، ގަވާއިދާ ޚިލާފަށް އެ ގެއަށް ވަތް މީހަކު ފުލުހުން ވަނީ ވަގުތުން ހައްޔަރުކޮށްފައެވެ. މިދިޔަ މޭއި މަހު ފުވައްމުލައް ސިޓީގެ ފުނާޑު އަވަށުގެ "ގުލިސްތާނުގެ" ވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައެވެ. އެއީ މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުމުގެ ޚިދުމަތްދޭ ކެފޭއެއްގެ ގޮތުގައި ތުހުމަތު ކުރެވުނު ތަނެކެވެ.

ގާނޫނު ބުނާގޮތުން މިފަދައިން ބަންދުކުރާ މުއްދަތުގައި އެ ތަންތަނަށް ވަދެނުކުތުމަކީ ބޮޑު ކުށެކެވެ. ހުއްދައާ ނުލާ ވަނުމާއި، އެ ތަންތަނަށް ގެއްލުން ދިނުމަކީ ހަރުކަށި ފިޔަވަޅު އެޅޭނެ ކަންކަން ކަމަށް ފުލުހުން ހަނދާންކޮށްދެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން އެ އިދާރާއަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ކުށްކުރާ މާހައުލުތައް ނައްތާލުމުގެ މަސައްކަތް އެއްވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ