ޚުތުބާގައި ޢާޝޫރާ ދުވަހުގެ މާތްކަން: މާތްﷲ އަށް ބިރުވެތިވެ ރޯދަ ހިފުމަށް ނަސޭހަތްތެރިވި

Screenshot 2026-06-19 at 13.20.06

ފިރުޢައުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީމީހުން ސަލާމަތްވީ ހާދިސާއިން އެނގެނީ، މާތް اللهއަށް އީމާންވެ، އެކަލާނގެއަށް ބިރުވެތިވުމުގެ މުހިންމުކަމެވެ.

މިއަދުގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައި ވަނީ އިސްލާމީ ތާރީޚާ ގުޅިފައިވާ މި ބޮޑު ހާދިސާގެ މައްޗަށެވެ.

މީސްތަކުންނަށް ތަޤުވާވެރިވުމަށް ގޮވާލަމުން ޚުޠުބާގައި ހަނދާންކޮށްދިނީ މާތް اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނޭ ދުވަހެއް އަންނާނޭކަމެވެ.

ޢާޝޫރާ ދުވަހުގެ ތާރީޚީ ފަސްބަޔަށް ބަލާއިރު، އެއީ ފިރުޢައުނުގެ އަނިޔާވެރިކަމުން މޫސާގެފާނާއި އެކަލޭގެފާނުގެ އުންމަތް ސަލާމަތްކުރައްވައި، ފިރުޢައުނާއި އޭނާގެ ލަޝްކަރު ކަނޑަށް ޣަރަޤުކުރެއްވި ދުވަހެވެ. މި މުހިންމު ނަޞްރަށް ޝުކުރުވެރިވުމުގެ ގޮތުން މޫސާގެފާނަށް ތަބާވީމީހުން އެ ދުވަހު ރޯދަހިފަން ފެށިއެވެ. މާތް الله މިފަދަ ޙާދިސާތައް މެދުވެރިކުރައްވަނީ މުއުމިނުންނަށް މުޞީބާތްތަކުން ސަލާމަތްވެވޭނެ މަގު ދައްކަވައި، އެބައިމީހުންގެ އީމާންކަން ހަރުދަނާކުރެއްވުމަށްޓަކައެވެ.

މި ދުވަހު ރޯދަހިފުން ސުންނަތްވެގެން ވާއިރު، ޚުޠުބާގައި ވަނީ ރޯދަހިފުމުގައި އަމަލުކުރެވިދާނެ ތިން ދަރަޖައެއް ބަޔާންކޮށްދީފައެވެ.

  • އެންމެ ފުރިހަމަ ދަރަޖަ: ޢާޝޫރާ ދުވަހުގެ (މުޙައްރަމް މަހުގެ 10 ވަނަ ދުވަހުގެ) އިތުރުން، އޭގެ ކުރީ ދުވަހާއި (9 ވަނަ ދުވަހު) އަދި ފަހު ދުވަހު (11 ވަނަ ދުވަހު) ވެސް ރޯދަހިފުން.
  • ދެވަނަ ދަރަޖަ: ގިނަ ޙަދީޘްތަކުން ސާބިތުވާ ގޮތަށް، މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަހިފުން.
  • ތިންވަނަ ދަރަޖަ: ހަމައެކަނި 10 ވަނަ ދުވަހު (ޢާޝޫރާ ދުވަހު) އެކަނި ރޯދަހިފުން.

ޢާޝޫރާ ދުވަހަކީ ހެޔޮ ޢަމަލުތަކުގެ މައްޗަށް ނަފުސު ތަރުބިޔަތުކުރުމަށް މާތް الله ހުޅުއްވައިދެއްވާފައިވާ ރަޙުމަތުގެ ދޮރެކެވެ. އަހަރުގެ އެކި ހިސާބުތަކުގައި މިފަދަ މާތް ދުވަސްތައް އައުމަކީ އަޅުކަމުގައި ކުރިއަރައިދިއުމަށް ލިބޭ ރަން ފުރުޞަތެކެވެ. އިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، މި ދުވަހުގެ ހާއްސަ އަޅުކަމެއްގެ ގޮތުގައި ރޯދަހިފުން ފިޔަވައި އެހެން ކަމެއް ސާބިތުވާން ނެތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ