ރަޝިޔާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ޑިޖިޓަލް ކެމްޕެއިނެއް

Screenshot 2026-06-19 at 13.27.31

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި، ރަޝިޔާ މާކެޓުގައި ރާއްޖެއަށް އޮތް މަޤުބޫލުކަން ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސްއިން "މޯލްޑިވިއާނާ" އާ ގުޅިގެން ޚާއްޞަ ޑިޖިޓަލް މާކެޓިން ކެމްޕޭނެއް ހިންގައިފިއެވެ.

މިދިޔަ މެއި 15 އިން މި ހިނގާ ޖޫން 15 އަށް ކުރިއަށްދިޔަ މި ހަރަކާތަކީ ރަޝިޔާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ރޭވި ސްޓްރެޓީޖިކް ފިޔަވަޅެކެވެ.

ރަޝިޔާއަކީ މިހާރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ލިސްޓުގެ ދެވަނައިގައި އޮތް މުހިންމު ބާޒާރެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެ ގައުމުން 112,718 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ ރާއްޖެއަށް އަންނަ ޖުމްލަ ފަތުރުވެރިންގެ 13.4 އިންސައްތައެވެ. އެހެންކަމުން، މި ކެމްޕޭނަކީ އެ މާކެޓުގައި ރާއްޖޭގެ ހިއްސާ ހީނަރުވިޔަނުދީ، އިތުރަށް ވަރުގަދަކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްއިން އެޅި މުހިންމު ފިޔަވަޅެކެވެ.

މި އިސްނެގުމުގެ ތެރެއިން ވިޒިޓް މޯލްޑިވްސްއިން ބައިވެރިއަކަށް އިޚްތިޔާރުކުރީ ރާއްޖެއާއި ރަޝިޔާގެ ފަތުރުވެރިކަމުގެ ދާއިރާގައި 1994 އިން ފެށިގެން ފުޅާދާއިރާއެއްގައި މަސައްކަތްކުރަމުން އަންނަ، އަދި މާލެއާއި މޮސްކޯގައި އޮފީސްތައް ހިންގާ ތަޖުރިބާކާރު ޓްރެވަލް އޮޕަރޭޓަރު "މޯލްޑިވިއާނާ" އެވެ. މި ދެ ފަރާތް ގުޅިގެން ކުރިއަށްގެންދިޔަ މި ޑިޖިޓަލް ޕްރޮމޯޝަންތަކުގައި އަމާޒު ހިފާފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު ތަޖުރިބާތައް ދައްކުވައިދޭ ހިތްގަރުދާ ބާވަތްތަކުގެ ކޮންޓެންޓްތައް ރަޝިޔާގެ އޮންލައިން މީޑިއާތަކުގައި އިޝްތިހާރު ކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ