ހުޅުމާލެ ފޭސް 2 ގެ ފިހާރައަކަށް ވަދެ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ފިހާރައަށް ވަދެ ބިރުދެއްކި 2  މައްސަލަ އާއި ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ތަކުގެ ސްކްރީންޝޮޓެއް.
ފިހާރައަށް ވަދެ ބިރުދެއްކި 2 މައްސަލަ އާއި ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ތަކުގެ ސްކްރީންޝޮޓެއް.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ފިހާރައަކަށް ތޫނު ހަތިޔާރާއެކު ވަދެ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އެމްއޭސީއެލް ޓަވަރުގެ ފިހާރައެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، ތޫނު ހަތިޔާރު ހިފައިގެން މީހަކު ފިހާރައަށް ވަދެ މާރާމާރީ ހިންގި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދިވެހި ފިރިހެނެކެވެ. ނަމަވެސް، އެ މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ، ރޭ ފަތިހު އެ ފިހާރައަށް ވަތް މީހަކު އެތަނުގެ މުވައްޒަފުންނަށް ބިރުދައްކައި، މުދަލަށް ގެއްލުން ދީފައިވާ މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް، ރޭގެ ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް މިހާރު ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ފިހާރަ ތެރޭގައި ހަމަނުޖެހުން ހިންގައި، ކައުންޓަރު ސަރަހައްދުގައި ހުރި ތަކެއްޗާ ކުޅެ، އެތަނަށް ގެއްލުން ދޭން މަސައްކަތް ކުރެއެވެ. ފުލުހުން ދަނީ މި ދެ މައްސަލަ ވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ