އޯލެވެލް 2024ގެ އެވޯޑް ހަފްލާ އަންނަ މަހު

Screenshot 2026-06-23 at 12.30.51

2024 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުން ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމަށް ބާއްވާ ޖަލްސާ، އަންނަ މަހުގެ 11 އަދި 12 ވަނަ ދުވަހު ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ކަމާބެހޭ ދަރިވަރުންނަށް ފޮނުވި ލިޔުމެއްގަ އެވެ. މި ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 11 އަދި 12 ވަނަ ދުވަހު އެވެ. މިދިޔަ އަހަރު ބޭއްވި ޖަލްސާގައި 2022 އަދި 2023 ވަނަ އަހަރުގެ ގަދަ 10 ދަރިވަރުންނަށް އެވޯޑް ދީފައިވާއިރު، މި ފަހަރުގެ ޖަލްސާ އަމާޒުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނަތީޖާތަކަށެވެ.

މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި އޯލެވެލް އިމްތިހާނުގައި 8،218 ދަރިވަރުން ވަނީ އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވެފަ އެވެ. މި އިމްތިހާނުގެ ނަތީޖާތައް މިހާރު ދޫކޮށްފައިވާއިރު، ދިވެހި ދަރިވަރުން ވަނީ ފާހަގަކޮށްލެވޭ ފަދަ ރަނގަޅު ނަތީޖާތަކެއް ހޯދައިފަ އެވެ. ނަމަވެސް، މިއަހަރުގެ ޖެނުއަރީ މަހު އިމްތިހާނު ހެދި 2025 ވަނަ އަހަރުގެ ބެޗުގެ ދަރިވަރުންގެ ތެރެއިން ގަދަ 10 ގައި ހިމެނުނު ކުދިންނަށް މި ޖަލްސާގައި އިނާމު ދޭނެކަން އަދި ކަށަވަރުވެފައެއް ނުވެ އެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން އޯލެވެލް އަދި އޭލެވެލް އިމްތިހާނުތަކުން ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ އަދަދު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. ހަމައެކަނި ރާއްޖޭގެ ފެންވަރުގައި ނޫން، ދުނިޔޭގެ ފެންވަރުގައި ވެސް ވަނަތައް ހާސިލުކުރާ ދިވެހި ދަރިވަރުންގެ ނިސްބަތް އިތުރުވަމުން ދިއުމަކީ ތައުލީމީ ދާއިރާއަށް ލިބޭ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓްރީން ދެކެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ