ލަންކާގެ ވަކީލަކާއި އޭނާގެ އަނބިމީހާ މަރާލި މައްސަލާގައި ތުހުމަތުވާ މީހަކު ރާއްޖެއިން ހައްޔަރުކޮށް ފޮނުވާލައިފި

ސްރީ ލަންކާގައި ވަކީލަކާއި އޭނާގެ އަނބިމީހާ މަރާލި މައްސަލާގައި ތުހުމަތުވާ މީހާ ރާއްޖޭން ފޮނުވާލުމުން ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްގެން ގެންދަނީ.
ސްރީ ލަންކާގައި ވަކީލަކާއި އޭނާގެ އަނބިމީހާ މަރާލި މައްސަލާގައި ތުހުމަތުވާ މީހާ ރާއްޖޭން ފޮނުވާލުމުން ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްގެން ގެންދަނީ.

ސްރީ ލަންކާގައި ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާ ގަޔަށް ބަޑިޖަހައި މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ރާއްޖޭގައި އުޅެނިކޮށް އަތުލައިގަނެ، އެ ގައުމުގެ ފުލުހުންނާ ހަވާލުކޮށްފިއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 23 އަހަރުގެ މި މީހާ ހުކުރު ދުވަހު ކަޓުނަޔަކަ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބުމާއެކު އެ ގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އޭނާ މިހާރު ވަނީ އިތުރު ތަހުގީގަށް ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމްސް ޑިވިޝަނާ ހަވާލުކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ތަލަންގަމާގެ އަކުރެގޮޑާ ސަރަހައްދުގައި ހިނގި މި ހާދިސާގައި، ވަކީލަކާއި އޭނާގެ އަންހެނުން މަރާލާފައިވަނީ ސުޕަމާކެޓެއްގެ ޕާކިން އޭރިއާގައި އޮތް ކާރެއްގެ ތެރޭގައި ތިއްބައެވެ. ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި، ހައްޔަރުކުރި މީހާއަކީ މި ހަމަލާ ދިން މީހުންނަށް ދަތުރުފަތުރުގެ ކަންކަން ހަމަޖައްސައިދިން ކަމަށް ތުހުމަތުކުރެވޭ މީހާ އެވެ.

އެތުކަންދުރާ އަށް ނިސްބަތްވާ މި ޒުވާނާއަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހައްޔަރުކޮށް، ކޯޓުން ޖޫރިމަނާކޮށްފައިވާ މީހެކެވެ. އެގޮތުން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި ޑިސެމްބަރު މަހު ވެސް އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ލަންކާގައި ފަހަކަށް އައިސް ގޭންގުތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކާއި ބަޑީގެ ހަމަލާތައް ވަނީ އިތުރުވެފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގައި 57 ގޭންގެއް ހަރަކާތްތެރިވަމުންދާއިރު، މިދިޔަ އަހަރު އެކަނިވެސް ބަޑިޖެހުމުގެ 20 އަށްވުރެ ގިނަ ހާދިސާ ހިނގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ