ވ. ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލުނު މައްސަލަ އެމްޑީޕީން ކޯޓަށް

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު ޢަލީ
ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު ޢަލީ

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި ނިންމުން ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އިންތިޚާބުވި ޝުޖާއު އެމްޑީޕީއަށް ބަދަލުވުމާ ގުޅިގެން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އެލްޖީއޭއިން ކަނޑައެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް، އެމްޑީޕީން ގަބޫލުކުރާ ގޮތުގައި މި ނިންމުމަކީ ގާނޫނީ އިޖުރާއަތްތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެކެވެ. ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ވަކި މާއްދާއަކަށް ރިއާޔަތްކޮށް ޝުޖާއު ވަކިކުރި ނަމަވެސް، އެ މާއްދާގެ ދަށުން އޭނާގެ މަގާމު ގެއްލިގެން ނުވާނެ ކަމަށެވެ.

މި މައްސަލައިގައި ޝުޖާއު ވިދާޅުވީ، އެލްޖީއޭއިން އަމަލުކޮށްފައިވަނީ ގާނޫނުގައި ބަޔާންކޮށްފައި ނެތް ހާލަތެއްގައި ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކުރީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ގާނޫނު ރަނގަޅަށް ނުބަލައި ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. ޝުޖާއު އިތުރަށް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން އެ ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވައިފިނަމަ، އަލުން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ޝުޖާއު މަގާމުން ވަކިކުރުމާ ގުޅިގެން ތިނަދޫ ކައުންސިލް ހިންގުން މިހާރު ވަނީ ވަގުތީ ގޮތުން އެ ކައުންސިލްގެ ނައިބު ރައީސާ ހަވާލުކޮށްފައެވެ. އެމްޑީޕީގެ ގާނޫނީ ޓީމުން މިހާރު ދަނީ މި މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ބޭނުންވާ ތައްޔާރީތައް ވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ