ލޮނުޒިޔާރަތް މަގުގެ އިމާރާތެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި، ބައެއް މީހުންނަށް ދަނީ ފަރުވާދެމުން

breaking

މާލޭގެ ލޮނުޒިޔާރަތް މަގުގައި ހުންނަ ގ. ފުންފަޅު ގޭގެ ހަތަރުވަނަ ފަންގިފިލާގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، އަލިފާން ރޯވި އިމާރާތުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއް މިހާރު ވަނީ ރައްކާތެރިކަމާއެކު އެތަނުން ބޭރުކޮށްފައެވެ. ނަމަވެސް، މި ހާދިސާގައި ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިގެން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ލިބެއެވެ. އަނިޔާވި މީހުންގެ ސީދާ އަދަދާއި އެމީހުންގެ ހާލަތާ ގުޅޭ ރަސްމީ ތަފްސީލެއް އަދި ކަމާބެހޭ އިދާރާތަކުން ހާމައެއް ނުކުރެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުން ނެރުނު އާއިލާތަކަށް ބޭނުންވާ ވަގުތީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ދަނީ ކުރަމުންނެވެ.

މިރޭ 22:49 ހާއިރު ހިނގި މި ހާދިސާގައި އަލިފާން ނިއްވުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް، ދުމުގެ އަސަރު އެ ސަރަހައްދުގައި ބޮޑުވުމުގެ ސަބަބުންނާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ލޮނުޒިޔާރަތް މަގުގެ ބައެއް ސަރަހައްދުތައް އަދިވެސް އޮތީ ބަންދުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ