މާލޭގެ ހާޑްވެއާ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރި ދެ މީހަކު ހައްޔަރުކޮށްފި

ފިހާރައެއްގެ ބިއްލޫރިގަނޑު ތާޅަލައި، ވައްކަން ކުރި ދެމީހުން
ފިހާރައެއްގެ ބިއްލޫރިގަނޑު ތާޅަލައި، ވައްކަން ކުރި ދެމީހުން. ފޮޓޯ:ނ ފުލުހުން

މާލޭގެ ހިތަށްފިނިވާމަގުގައި ހުންނަ ހާޑްވެއާ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، އެތަނުން ވައްކަންކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލަކު، ދިގުވާނޑު ފެއަރީ، އަޙްމަދު ނަޞްރު (46އ) އާއި ށ. ޅައިމަގު، ހިތަށްފިނިވާގެ، ފާރިސް ޢަލީ ޝަރީފް (35އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނި ގޮތުގައި، މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ. މި ވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މައްސަލަ ހުށަހެޅުމާއެކު ސީސީޓީވީ ފުޓޭޖުތައް ބަލައި، ތުހުމަތުކުރެވޭ މީހުން ދެނެގަނެ، އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.

މި ވައްކަމުގައި އެ ފިހާރައިން ގެންގޮސްފައިވާ ލޮއިނަރު ރޯލުތައް މިހާރު ފުލުހުން ވަނީ ހޯދާފައެވެ. އަދި އެ ތަކެތި މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާލެ ސަރަހައްދުގައި ވައްކަމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް އެ މުއައްސަސާއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މިހާތަނަށް 1,783 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ