މަސްވެރިކަމާއި ގުޅޭ

މަސްވެރިންތަކެއް އިހުޒަމާނުގެ ދޯނިތަކުގައި ދޮށިއެޅިގޮތް ދައްކުވައިދެނީ - ފޮޓޯ: މުއްދައްސިރު

އިހުޒަމާނުގެ އޮޑި ފަހަރުގައި ފަޅުވެރިންގެ އަދަދާއި މަސައްކަތް ބެހިފައިވާ ގޮތް

ކާބަފައިން މަހަށް ދިޔައީ ރިޔާނެގި ކުދި ބައްތެލި ފަހަރުގައެވެ. އެއިރު އާންމުކޮށްދިޔައީ ކަޅުބިލަމަހަށެވެ. އިހުޒަމާނުގެ ރިޔަލު ބައްތެލިތަކުގައި މަސައްކަތް ބެހިފައި އޮންނަގޮތުން އެހާގިނަ ފަޅުވެރިން ބޭނުމެއް ނުވެއެވެ.

މައިގަނޑުކޮށް މަސައްކަތް ބެހިފައިވަނީ 5 ކަމެއްގެ މަށްޗަށެވެ. އެއީ އެން އުކުމާއި، ހުންގާނުގައި ހިފުމާއި، މަސްބުޅިއަށް ފެންލުމާއި، މަސްބޭނުމެވެ. މި މަސައްކަތްކުރުމަށް އެންމެ މަދުވެގެން ބޭނުންވަނީ 6 ފަޅުވެރިންނެވެ. އެއީ ދޯނީގެ ދެ ފަރާތަށް އެންއުކުމަށް 1 ފަޅުވެރިއަކާއި، ހުންގާނުގައި ހިފާ ފަޅުވެރިއާއި، ދޮށިއަޅާ 2 ފަޅުވެރިންނާއި، މަސްބުޅިއަށް ފެން އުކަންތިބޭ 2 ފަޅުވެރިންނެވެ.

އެހެންކަމުން، އެންމެ އިހުޒަމާނުގައި މަހަށް ދިއުމަށް ބޭނުންކުރި އޮޑިފަހަރުތައް 6 ފަޅުވެރިންނާއިއެކު މަހަށްފުރޭވަރު ވެއެވެ. އެޒަމާނުގެ ކުދި ދޯނިފަހަރުގައި ގިނަ އަދަދަކަށް ފަޅުވެރިން ދިޔަކަމުގައިވީނަމަވެސް، ދޮށިއަޅަން ޚާއްސަވެފައި ހުންނަނީ 2 ޖާގައެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!