މަސްވެރިން ކިރުވި މަހަށް ދެ ދުވަހުގެ ތެރޭގައި 2.3 މިލިއަން ރުފިޔާ ދޫކޮށްފި

މަސް ބާނަނީ، ފޮޓޯ- މަސްވެރި އިހަވަންދޫ
މަސް ބާނަނީ، ފޮޓޯ- މަސްވެރި އިހަވަންދޫ

މަސްވެރިން ކިރުވާފައިވާ މަހަށް ފާއިތުވި ބުދަ އަދި ބުރާސްފަތި ދުވަހު ޖުމްލަ 2.3 މިލިއަން ރުފިޔާ މިފްކޯއިން ދޫކޮށްފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

މިފްކޯއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ބުދަ ދުވަހު (8 ޖުލައި) މަސް ކިރުވި 30 ދޯންޏަކަށް 1.23 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެ ދުވަހު ކަޅުބިލަމަސް ކިރުވި 28 ދޯންޏަކަށް 1.2 މިލިއަން ރުފިޔާ ދޫކުރިއިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ހަތަރު ދޯންޏަކަށް 18,025 ރުފިޔާ ދޫކޮށްފައިވެއެވެ.

ބުރާސްފަތި ދުވަހުގެ (9 ޖުލައި) ހިސާބުތަކަށް ބަލާއިރު، އެ ދުވަހު މަސް ކިރުވި 32 ދޯންޏަކަށް ޖުމްލަ 1.14 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި ކަޅުބިލަމަސް ކިރުވި 30 ދޯންޏަކަށް ދޫކުރި 1.1 މިލިއަން ރުފިޔާ އާއި، ތަފާތު ބަރުދަންތަކުގެ ބޮޑުކަންނެލި ކިރުވި ދޯނިތަކަށް ދޫކުރި ފައިސާ ހިމެނެއެވެ.

މިފްކޯއިން މިހާރު ވަނީ ކަޅުބިލަމަހުގެ އިތުރުން ބޮޑުކަންނެލި ކިރުވުމުގެ މަސައްކަތްވެސް ފަށާފައެވެ. އަދި ބޮޑުކަންނެލި މަސްވެރިންނަށްވެސް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފަށާފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސަރުކާރުން އަންނަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދޫކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ