މާލޭގައި ލޮރީއަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ލޮރީއަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް. ފޮޓޯ: ވަން އޮންލައިން
ލޮރީއަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް. ފޮޓޯ: ވަން އޮންލައިން

މާލޭގެ ބޮޑުތަކުރުފާނު މަގުގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހިލަ ބަރުކޮށްފައި އޮތް ލޮރީއަކާއި ސައިކަލެއް ޖެހިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖުން މާލެއަށް ފައިބާ ސަރަހައްދު، އުސްފަނޑު ކައިރިންނެވެ. އެކްސިޑެންޓްގައި މަރުވެފައިވަނީ ސައިކަލު ދުއްވަން އިން ފިރިހެނެކެވެ. މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި، ސައިކަލު ދުއްވަން އިން މީހާ ލޮރީގެ ދަށުވެ، އޭނާގެ ބޯ ވަނީ ޗިސްވެފައެވެ.

ފުލުހުން ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ދަރުބާރުގެ ކައިރީގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 15:57 ހާއިރު ކަމަށެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާ ހިނގި ސަރަހައްދަކީ އާންމުކޮށްވެސް ޓްރެފިކް ބޮޑު ސަރަހައްދެކެވެ. އެކްސިޑެންޓް ހިނގި ވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ތިއްބެވެ. ފުލުހުން އަދި މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ