މަސްވެރިކަމާއި ގުޅޭ

breaking

ކަންނެލި ދޯންޏަކުން 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިއްޖެ

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ކަންނެލި ދޯންޏަކުން 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފިއެވެ.

ފުލުހުން މި މަސްތުވާތަކެތި ހޯދާފައިވަނީ، ހުޅުމާލޭ ކައިރީގައި އޮތް ކަންނެލި ދޯންޏަކުންނެވެ. މި އޮޕަރޭޝަނާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މި އޮޕަރޭޝަންގައި ހޯދި މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިންއާއި މެތަފެޓަމިން ހިމެނޭ ކަމަށެވެ. އަދި މިއޮަޕަރޭޝަން ކުރިޔަށް ގެންގޮސްފައިވަނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި، މެރިން ޕޮލިސް ގުޅިގެން ކަަމަށްވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.

މި އޮޕަރޭޝާނާއި ގުޅިގެން ހުޅުމާލެ އެކިސަރަހައްދުތައް ބަލައި، ފާސްކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

ފުލުހުންވަނީ، ފާއިތުވި ހަފްތާގައި އައްޑޫ ސިޓީގައިވެސް މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ހިންގާފައެވެ. އެއޮޕަރޭޝަންގައިވެސް ގާތްގަނޑަކަށް 98.6 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވެއެވެ.

މަސްތުވާތަކެތި ފެނުނު މަސްދޯނި ބަލައި ފާސްކުރުމަށް ފުލުހުން ޙަރަކާތްތެރިވަނީ

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!