މަސްވެރިކަމާއި ގުޅޭ

ކަޅިހި- ފޮޓޯ: ވިކީޕީޑިއާ

ކަޅިހި

ކަޅިއްސަކީ ވަރަށް ގިނައިން ރާއްޖޭގެ މަސްވެރިން ފަރުމަހުގެ މަސްވެރިކަމުގައި ޚާއްސަކޮށް އަޑިއަށް ފައްތައިގެން ކުރާ ކެޔޮޅުކަމުގައްޔާއި، ފަޅުފަޅުގައި ދާއަޅައިގެން ނުވަތަ ރޮދުލައިގެން ހިފާއުޅޭ ބާވަތެކެވެ.

ކަޅިިހި އާންމުގޮތެއްގައި އުޅެނީ އަޑީގައި ވެލި ނުވަތަ މުގުރިފައި ހުންނަގާ ހުންނަ ހިސާބުތަކުގައެވެ. މިބާވަތުގެ މަސް 160 މީޓަރުގެ ފުން ސަރަހައްދުތަކުގައިވެސް އުޅޭ ކަމަށްވެއެވެ. މިމަސް އެންމެ ބޮޑުވަނީ 50 ސެންޓިމީޓަރަށެވެ.

މަހުގެ ބުރިކަށިމަތީ ކޮތަރިބައިގައި 10 ހަރުކައްޓާއެކު 9 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކަރުތާފަތްގަނޑާއި ބޮލުގެ މަތީބައިގައި ހުޅުނބެއް ނުހުރެއެވެ. މަހުގެ ބުރިކަށިމަތީ ކޮތަރިބައިގެ ދެވަނަކަށި ތިންވަނަ ކަށްޓައްވުރެ ކުރުވާނެއެވެ. މަހުގެ ކުލައަކީ މަޑުވައިލެޓް ކުލައަކާއި ގުޅޭ މުށިކުލައެކެވެ. މަހުގެ ދެފަރާތުގައި ތަފާތު ގޮތްގޮތަށް ތަންކޮޅެއް ގަދަކޮށް ހުންނަ ކުރެހުންތަކެއް ފާޅުކޮށް ފެންނަން ހުރެއެވެ.

މަހުގެ ތުންފަތް ހުންނަނީ ފިޔާތޮށި ކުލައެއްގައެވެ. ނިގޫފަތް ވައިލެޓް ކުލައެއްގައެވެ. މަހުގެ އެންމެ ޚާއްސަ ފާހަނގައަކީ އޭގެ ކަރުތާފަތްގަނޑުގެ މަތީބައިން ކޮޅުގައި ހުންނަ ރަތްކުލައެއްގެ ލަފެކެވެ. މިއީ ފިލޮޅުގެ ބާވަތެކެވެ. މަހުގެ ކާނާއަކީ ކަކުނި ފާޑުގެ ސޫތްޕާއި، މަހާއި، ހިޔަމައިގެ ބާވަތްތަކާއި ބޮލީގެ ވައްތަރުތަކެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސިނަން: Spotcheek Emperor
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.