މަސްވެރިކަމާއި ގުޅޭ

Screenshot_20201016-113831_Chrome

އެމެރިކާގައި މަސްވެރިކަމުގައި އަންހެނުން ބާރުވެރިކުރުވުމަށް ޚާއްޞަ ޕްރޮގްރާމެއް!

އެމެރިކާގައި މަސްވެރިކަމުގައި އަންހެނުން ބާރުވެރިކުރުވުމަށް ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.

ސީފުޑް އެންޑް ޖެންޑަރ އީކުއައިލިޓީ "ސޭޖް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ދެ ޖިންސުގެ ހަމަހަމަކަން ދަމަހައްޓައި އަންހެނުންގެ ދައުރު މަސްވެރިކަމުގެ ސިނާއަތުގައި ފުޅާކޮށް ބާރުވެރިކުރުވުމަށް އުފައްދާފައިވާ ޕްރޮގްރާމްއެކެވެ.

މިޕްރޮގްރާމުން މަސްވެރިކަމުގެ ސިނާއަތުގައި ހިމެނޭ މީހުންނާއި އަދި އެހެނިހެން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ގުޅިގެން މިވަގުތު މަސްވެރިކަމުގައި ހުރި ހުރަސްތައް ނައްތާލެވޭނެ ގޮތްތައް ހޯދުމަށް ފަސޭހަވެގެންދާނެއެވެ.

ސޭޖްގެ ފައުންޑަރ ޖޫލީ ކައުޗެޕަޓޮވް ބުނި ގޮތުގައި މިއަދާއި ހަމައަށްވެސް މަސްވެރިކަމުގެ ސިނާއަތަކީ ތިމާވެށި ހިމާޔަތްކުރުމަށާއި، އިޖްތިމާއީ މިންގަނޑުތައް ކުރިއެރުވުމަށް ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ސިނާއަތެއްކަމަށާއި އަދި މިކަން އިތުރު ހަރުފަތަކަށް ގެންދަން ބޭނުންވަނީނަމަ ދެ ޖިންސުގެ ހަމަ ހަމަކަން ގާއިމް ކުރުމަކީ މުހިންމުކަމެއްކަމަށެވެ.
މި ޕްރޮގްރާމް އިފްތިތާހު މި ކުރެވުނީ ވަރަށްވެސް މުނާސަބު ވަގުތެއްގައިކަމަށް އޭނާ ވިދާޅުވިއެވެ. ޖޫލީ ކައުޗެޕަޓޮވް ބުނީ ކޮވިޑް 19 ގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގޮތް މިވަނީ ބަދަލްކުރަން ޖެހިފައިކަމަށާއި، މިކަމަށް އެދެވޭ ބަދަލުތައް ގެނައުމަށް ދެ ޖިންސުގެ ޝުޢޫރުތަކަކީ މުހިންމެ އެއްޗެއްކަމަށްވެސް ޖޫލީ ފާހަގަކުރައްވާފައިވެއެވެ.
އެހެން ކަމުން އަމާޒަކީ 2030 ވަނައަހަރު އައުމުގެ ކުރިން މި ސިނާއަތުގައި 75 އިންސައްތަ އަންހެނުން ޝާމިލް ކުރުވުން އެއީ އެ ޖަމިއްޔާގެ ލަނޑުދަޑިއެކަމަށްވެސް ސޭޖްއިން ހާމަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!