ސަފާރީއެއްގެ ނަގިލި ކަނޑައިގެން ގޮސް، ތޮށިގަނޑަށް އުރި ފުނޑުފުނޑުވެއްޖެ

maafushi-safari-urunu-haadhisaa

މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަނޑައިގެން ގޮސް، އެ ރަށުގެ ބަނދަރު ތޮށިގަނޑަށް އުރި އެއްކޮށް ހަލާކުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މާފުށިން މައުލޫމާތު ދިން މީހަކާ ހަވާލާދީ "ވަގުތު" ނޫހުން ރިޕޯޓުކޮށްފައިވަނީ، މި ހާދިސާ ހިނގަން މެދުވެރިވީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން، ރަށު ބޭރުގައި އަޅާފައި އޮތް އެ ސަފާރީގެ ނަގިލި ކަނޑައިގެން ދިއުމުންނެވެ. ނަގިލި ކަނޑައިގެން ދިޔަތާ މާގިނައިރުތަކެއް ނުވެ، އެ އުޅަނދު ވަނީ ރަށުގެ ބަނދަރުގެ ތޮށިގަނޑަށް އުރިފައެވެ. އަދި ތޮށިގަނޑަށް އުރުނުތާ ބައިގަޑިއިރެއްހާ އިރުގެ ތެރޭގައި ސަފާރީ ވަނީ އެއްކޮށް ކުދިކުދިވެފައެވެ.

މި ހާދިސާ ހިނގި ވަގުތު އެ ސަފާރީގައި ފަސް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ސްރީލަންކާ އާއި ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ސަފާރީ ތޮށިގަނޑަށް އުރި ހަލާކުވާން ފެށުމާއެކު، އޭގައި ތިބި ފަސް މީހުން ވަނީ ފަތާފައި މާފުއްޓަށް އަރާފައެވެ.

އިތުރު ތަފްސީލު އަންނަނީ...

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ