އެފްއެޗްއޭއެމް 2026 އާއެކު މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވަނީ

އެފްއެޗްއޭއެމް 2025 ހުޅުވައިދެއްވުމަށް މިނިސްޓަރ ސަޢީދު ކުރެއްވި ޒޔާރަތުގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ
އެފްއެޗްއޭއެމް 2025 ހުޅުވައިދެއްވުމަށް މިނިސްޓަރ ސަޢީދު ކުރެއްވި ޒޔާރަތުގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ

ރާއްޖޭގެ ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) 2026 އާއެކު، ހުޅުމާލޭގައި އަލަށް ތަރައްގީކޮށްފައިވާ މެންހެޓަން ގްރޭންޑް ހޮޓެލް އާންމުންނަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.

އަންނަ ސެޕްޓެންބަރު މަހުގެ 7 އިން 9 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މައުރަޒަކީ، މި ލަގްޒަރީ ހޮޓެލް ރަސްމީކޮށް ހުޅުވުމަށްފަހު އެ ތަނުގައި ބާއްވާ ފުރަތަމަ ބޮޑު ހަރަކާތެވެ. މި މައުރަޒު ފެށުމަށް މިހާރު ބާކީ އޮތީ އެންމެ މަހެއްހާ ދުވަސް ކަމަށްވާއިރު، މިއީ މި އާ ހޮޓެލްގެ ހިދުމަތްތައް އާންމުންނަށް ފެނިގެންދާނެ ފުރަތަމަ ފުރުސަތެވެ.

މެންހެޓަން ގްރޭންޑް ހޮޓަލަކީ ހުޅުމާލޭގައި ތަރައްގީކޮށްފައިވާ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހިމެނޭ ލަގްޒަރީ ވެނިއުއެކެވެ. މިފަދަ ފެންވަރު ރަނގަޅު މާހައުލެއްގައި އެފްއެޗްއޭއެމް ފަދަ ބޮޑު މައުރަޒެއް ބޭއްވުމަކީ، މި ހަރަކާތުގެ ފެންވަރު އިތުރަށް ފުރިހަމަވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

އެފްއެޗްއޭއެމް މައުރަޒަކީ ރާއްޖޭގެ ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކާއި، ހޮސްޕިޓާލިޓީ ދާއިރާގެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. މިއަހަރުގެ މައުރަޒުގައިވެސް މި ސިނާއަތުގެ މަޝްހޫރު ގިނަ ކުންފުނިތަކަކުން ބައިވެރިވާނެއެވެ.

މި ހޮޓެލް ހުޅުވުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ކަމެކެވެ. އެފްއެޗްއޭއެމް މައުރަޒާއެކު މި ހޮޓެލް ހުޅުވިގެން ދިއުމަކީ ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާއަށް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ